ads
ކާޖޮލް، އަޖޭ އަދި ކަންގަނާ
ކަންގަނާގެ ސަބަބުން ކާޖަލްއާ އަޖޭގެ ކައިވެނި ނުރޫޅުނީ ކިރިއާ
ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަންގަނާއަކީ ވަރަށް ފާހަގަކޮށްލެވޭ ތަރިއެވެ. އޭނާ ކުޅޭ ފިލްމުތަކުގެ ސަބަބަކުން ނޫނެވެ. އޭނާ ކުރާ ޓުވީޓްތަކާއި ޕޯސްޓްތަކުން ނެވެ. އަދި ކަންގަނާ އެހެން ތަރިންނާ ދިމާލަށް ކިޔާ އެއްޗިހިން ނެވެ.

ކަންގަނާ އޭނާގެ މަތި އޮމާންކޮށް މީހުނާ ދިމާލަށް އެއްޗިހި ކިޔަމުން ދާއިރުގައި އޭނާގެ މާޒީ ވަނީ އެތަށް ސިއްރުތަކަކުން ފުރިފަ އެވެ.

އޭގެއިން އެއް ސިއްރަކީ ކަންގްނާ މީހެއްގެ ފިރިއަކާ ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެވެ. ކަންގަނާ ވަނީ މަޝްހޫރު ބޮލީވުޑް އެކްޓާ އަޖޭއާ ގުޅި އަޖޭ އަދި ކާޖޮލްއާ ދެމެދަށް ވަދެފަ އެވެ.

ކަންގްނާ އަޖޭއާ ދިމާވީ 2010 ވަނަ އަހަރުގައި ވަންސް އަޕޯނަ ޓައިމް މުމްބައި ފިލްމު ކުޅުމުގެ ތެރެއިން ނެވެ. ކަންގްނާ ވަނީ އޭނާ އެ ފިލްމުގެ ޝޫޓިންގެ ތެރެއިން އަޖޭއާ ރަށްޓެހިވެ އަދި އެންގޭޖްވި ކަމަށް ބުނެފަ އެވެ.

ނަމަވެސް އެކަން ކާޖޮލްއަށް އިނގުމުން އަޖޭ ކަންގްނާއާ ގުޅުން ކަނޑާލީކަމަށް ކަންގްނާ ބުނެ އެވެ. އޭނާ ބުނީ މީހެއްގެ ފިރިއަކާ ރަށްޓެހިވެގެން އުޅުމަކީ ވަރަށް ބޮލަށް އުދަގޫވާ ކަމެކެވެ.

12%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
65%
ވަރަށް ސަލާމް
ކޮމެންޓްސް