ads
ފޮޓޯ--
މޭޔަރު މުއިއްޒު ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށް ހާލުބަލަން ވަޑައިގެންފި
މާލޭގައި ހުންނަ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފި އެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މުއިއްޒު ގެންދަވަނީ މާލެ ސަރަހައްދުގެ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ގާތުން ބައްލަވަމުންނެވެ. އަދި އެ ތަންތަނަށް ގެންނަން ފެންނަ ބަދަލުތައް ދަނީ ގެންނަމުންނެވެ.

އަދި އެކި މުވައްސަސާތަކާ ބައްދަލުކޮށް މާލެ ސިޓީއަށް ގެންނަށް ބޭނުންވާ ބަދަލުތަކުގެ މަޝްވަރާ މުއިއްޒު އަންނަނީ ކުރައްވަމުން ނެވެ.

މުއިއްޒު މިއަދު ޒިޔާރަތް ކުރެއްވީ ލޯކަލް މާރުކޭޓަށާއި މަސް މާރުކޭޓަށެވެ. އެ ދެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މާރުކޭޓްތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބެއްލެވި ކަމަށެވެ. އަދި އެތަނުގައި ތިއްބެވި ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރެވެ. މިއީ ސިޓީ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.

މުއިއްޒު މޭޔަރުކަމަށް އިންތިހާބުވެ ހުވާ ކުރެއްވުމަށްފަހު ބޭއްވި ފުރަތަަމަ ބައްދަލުވުމުގައި ވަނީ އޭނާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރު ކުރައްވާ ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މުއިއްޒުގެ އެކްޝަން ޕްލޭން ފާސްކޮށްފައިވެއެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް