ads
ފޮޓޯ:މުއިއްޒު
ފެނާއި ކަރަންޓު ބިލަށް ލުއި ދިނުމަށް މޭޔަރު މުއިއްޒު ގޮވާލައްވައިފި
މާލޭ ސިޓީގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެެއް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ކޮވިޑާ ގުޅިގެން މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާނުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާކަން ޑރ. މުއިއްޒުގެ ޓުވީޓުގައިވެސް ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަށް ޑރ.މުއިއްޒު ވަނީ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އަށް ގޮވާލާފައެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން މާލެ ސަރައްހަދުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނު ކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ އާމްދަނީ ދަށްވެ ދިރިއުޅުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. 

ނަމަވެސް ގިނަ ބައެއްގެ އާމްދަނީތައް ދައްވެފައި މިވާ ދަނޑިވަޅުގައިވެސް ސްޓެލްކޯއިން ގިނަ ގެތަކެއްގެ ކަރަންޓު ބިލު ކުރިއަށްވުރެ ބޮޑުކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމުގެ ރައްދުގައި ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލު ބޮޑުވަނީ ހޫނު ގަދަވުމުން ކަމަށާއި ގޭގައި ކަރަންޓު ބޭނުންކުރާ އެއްޗިހި ގިނަ ނުވި ނަަމަވެސް ހޫނު ގަދަ މަސްތަކުގައި ކަަރަންޓު ބިލު ބޮޑުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް