ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް——
ލުއި ދިނުމަކީ ރަނގަޅަށް ކުރެވުނު ކަމެެއްނޫން، ޒިންމާ ވަކިބައެއްގެ ބޮލުގަ އަޅުވާކަށް ނެތިން
ލުއި ދިނުމަކީ ރަނގަޅަށް ކުރެވުނު ކަމެެއްނޫން ކަމަށާއި އެހެންނަމަވެސް އޭގެ ޒިންމާ ވަކިބައެއްގެ ބޮލުގަ އަޅުވާކަށް ނެތިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑްގެ ހާލަތު މިހާ ހިސާބަށް ގޯސްވެގެން ދިޔުމުން ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލުކުރައްވަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެކަމުގަައި ފެއިލްވެފަައިވާކަމަށް އަދިވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

އެހެންނަމަވެސް އޭރު އެޕްރީލް މަސްތެރޭ ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްނޫންކަމަށާއި އެހެންނަމަވެސް އެ ޒިންމާ ވަކިބައެެއްގެ ބޮލުގައި އަޅުވަން ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.

“އެޕްރީލްމަހު ކުރީކޮޅު ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވެނު ކަމެެއް ނޫން، އެހެންނަމަވެސް އެ ޒިންމާ ވަކިބަައެއްގެ ބޮލުގައި އަޅުވާކަށް ނެތިން” ރައީސް ސޯލިހް ވިދާޅުވިއެެވެ.

ރައީސް ސޯލިހް ވިދާޅުވީ އެކަން ގަބޫލުކޮށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހެދުނު ގޯސް ރަނގަޅު ކުރެއްވުމަށް ކަމަށެެވެ. 

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް 50 އިން ދައްވެފައިވަނިކޮށް އެޕްރީލް މަހުގެ ކުރީކޮޅު އެެއްފަހަރާ ބޮޑެތި ލުއިތަކެއްދިނީ އެޕްރީލް 10ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށެވެ. އޭރު ދިން ހުއްދައިގެ ދަށުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭގޮތް ހެދުމާއި، ކެމްޕެއިން ކުރުމުގެ ފުރުސަތުގެ ތެރެއިން ހަފްލާތަކާއި އެެއްވެއުޅުން މަނާކޮށްފަ އޮތް އޮތުންވެސް ހުއްދަކުރިއެވެެ.

އެއާއެކު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީންވަނީ ރައީސް ސޯލިހް އާއި މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު އަދި ސަރުކާރުގެ ގިނަ ކެބިނެޓު ވަޒީރުން ހިމެނޭގޮތައް ކެމްޕެއިން ނިންމުމުގެ ގޮތުން ބޮޑު ޖަލްސާއެއް ބާއްވާފައެވެ.   

ނޫސްވެެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެއީ ކޮވިޑް ފެތުރިގެން ދިޔުމަށް މެދުވެރިވި ސަބަބެއް ކަމަށް ސީދާ ވިދާޅުނުވިނަމަވެސް އިންތިހާބަށް ދިން ލުއިތަކުގެ ސަބަބުން ކޮވިޑް ފެތުރުނުކަމަަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

އޭގެފަހުން މާޗު މަހުގެ ތެރޭގައި ކޭސްތައް ކުއްލިއަކަށް 100އިން މަތިވެ މިހާރު 1000 އާއި 2000 ގައި ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ހާލު ސީރިއަސްވާ މިންވަރުވެސް އިތުރުވެ މިހާތަނަށް ބަލީގަައި 144 މީހުންވަނީ  މަރުވެފައެވެ. 

އެގޮތުން މިމަހުގެ 24 ވަނަ ދުވަހަކީ މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވި އެއް ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެވެ. އެދުވަހު 13 މީހަކު މަރުވެފަައިވާއިރު މިމަހު އެކަނިވެސް 71 މީހަކު ވަނީ ބަލީގަައި ދުނިޔެދޫކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް