ads
ދިވެހި މަސްވެރިކަން--
ފިޔަވަޅުތަކާއެކު ވެސް ހާއްސަ ހުއްދައަކާއެކު މަހަށް ފުރޭނެ: ސިޓީ ކައުންސިލް
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މާލެ ސިޓީން މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރުން ރެކޯޑު މިންވަރަކަށް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތު އިތުރުކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެޗްޕީއޭއިިން ނެރެފައިވާ ހާއްސަ ހާލަތާ ގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

މަސްވެރިންނަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއްގައެވެ.

ކޮވިޑް-19 ބަލި ފެތުރުން އިތުރުވެ، ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ހިންގަމުންދިޔަ ކާފިއު ހަރުކަށިކޮށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ހަވީރު 16:00 ފެށިގެން ހެނދުނު 8:00 އަށް ކާފިއުގެ ވަގުތު އިތުރު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތު ތަކުގައިވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާސް އޮވެގެންނެވެ. މި ފާސް ދޫކުރަން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް ދެ ފާހެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް