ads
ފައިނަލް މެޗު ފެށޭނީ ރާއްޖޭ ގަޑިން ބާރަ ޖަހާއިރު
ޔުނައިޓެޑާ ވިޔަރެއާލްގެ ފައިނަލް މިރޭ، މޮޅުވާނީ ކޮން ބައެއް؟
ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓަ ޔުނައިޓެޑާ، ސްޕެއިންގެ ވިޔަރެއާލް މިރޭ ބައްދަލު ކުރާނެއެވެ. ފައިނަލް މެޗު ފެށޭނީ ރާއްޖޭ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.

ފައިނަލް މެޗުގެ ކުޅުން އޮންނާނީ ޕޮލެންޑްގެ މިޔޭސްކީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ފައިނަލަށް ޔުނައިޓެޑު ދިޔައީ އިޓަލީގެ ރޯމާ ބަލިކޮށްގެނެވެ.

ވިޔަރެއާލް ފައިނަލަށް ދިޔައީ އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެންޗެސްޓަރ ޔުނައިޓެޑު މީގެ ކުރިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައި ވީނަމަވެސް ބޮޑު މުބާރާތެއްގެ ފައިނަލުން ވިޔަރެއާލް ފުރުސަތު ހޯދި މިއީ ފުރަތަމަ ފަހަރެވެ. މެޗުގެ އޮފިޝަލުންގެ ގޮތުގައި މިރޭ ހަރަކާތްތެރި ވާނީ ފްރާންސްގެ ރެފްރީންނެވެ.

ހުސް އަތާ މިދިޔަ ސީޒަންވެސް ނިންމާލި މެންޗެސްޓަރ ޔުނައިޓެޑުން އެންމެ ފަހުން ހޯދި ތަށްޓަކީވެސް ޔޫރޮޕާ ލީގެވެ. އެއީ ދެހާސް ސަތާރަވަނަ އަހަރު މޮރީނިއޯ މެންޗެސްޓާގެ ކޯޗަކަށް ހުރި އިރުއެވެ.

ޔުނައިޓެޑުގެ މިހާރުގެ ކޯޗު ސޯލްޝެއާގެ ފުރަތަމަ ކޯޗިން ތަށްޓަށް މިރޭގެ ފައިނަލް ވެގެން ދިޔުމުގެ ފުރުސަތު އޮތް އިރު، ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީގެ ރެކޯޑް އުޅެނީ މާ ކުރީގައެވެ. އޭނާ ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ތިން ފަހަރު ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް