ads
ރަޝިއާގެ ސްޕުޓްނިކް ވީ ވެކްސިން ފޮޓޯ:---
ސްޕަޓްނިކް ވެކްސިން ފޮނުވުން އަވަސް ކޮށްދޭނެ ކަމަށް ރަޝިއާއިން ބުނެފި
ރަޝިއާގެ ސްޕަޓްނިކް ވެކްސިން ވީހާ ވެސް އަވަހަށް ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާފައެވެ.  

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްވަރާގައި ރާއްޖޭގެ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ދިމާވި ދަތިތައް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރަޝިއާއިން ކޮވިޑް-19އަށް ތައްޔާރުކޮށްފައިވާ ސްޕަޓްނިކް ވެކްސިން ރާއްޖެއަށް ފޮނުވުން އަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ރަޝިއާގެ ފޮރިން މިނިސްޓަރު ވަނީ މިނިސްޓަރު ޝާހިދުއަށް އަރުވާފައި ކަމުގައި އބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް ބަޔާނުގައިވއެވެ. 

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ރަޝިއާގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މި މަހުގެ 13 ވަނަ ދުވަހު އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގެ "ސްޕަޓްނިކް ވީ" ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ "ރެސްޓްރިކްޓެޑް ޔޫޒް އިން އިމަޖެންސީ ސިޗުއޭޝަން" ގެ ދަށުން ދެވިފަިއވާ ކަމަށެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ 18 އަހަރުން މަތީގެ މީހުންނެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ 18- ޑިގްރީ ސެލްސިއަސްގެ ފިނިހޫނު މިނުގައި ބަހައްޓަން ޖެހޭ މި ވެކްސިންގެ ރައްކާތެރި ކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް ބަލާފައިވާނެ ކަމަށާއި މިއީ މިހާރު ވެސް 66 ގައުމެއްގައި އިމަޖެންސީ އެޕްރޫވަލް ލިބި ބޭނުން ކުރަމުން އަންނަ ވެކްސިނެއް ކަމަށެވެ. 

އެފްޑީއޭއިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާތަނަށް ހުއްދަ ދީފައިވަނީ 4 ވެކްސިން އަކަށެވެ. އެއީ "ކޮވިޝީލްޑް" އާއި "ފައިޒާ" އާއި "ސިނޮފާމް" އަދި ރަޝިއާގެ "ސްޕަޓްނިކް ވީ" ވެކްސިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް