ads
ސްޓެލްކޯ އިމާރާތް ---
ސްޓެލްކޯއިން ވެސް ބޮޑު ޑިސްކައުންޓެއް ބިލުތަކަށް ދެނީ
ސްޓެލްކޯއިން ފެނާއި ކަރަންޓުގެ ހިދުމަތްދޭ ރަށްތަކަށް، ސަރުކާރުން އިއުލާނު ކޮށްފައިވާ ގޮތުގެ މަތިން، މިމަހުގެ ބިލުން ބޮޑު ޑިސްކައުންޓެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ސަރުކާރުގެ މި ނިންމުމާ އެއްގޮތަށް ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލުތަކުގައި ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓު ހިމެނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

އެގޮތުން ގޭބިސީތަކުން ބޭނުން ކުރާ ކަރަންޓު ބިލު ތަކަށް %40 ޑިސްކައުންޓެއް، ގޭބިސީތަކުން ބޭނުން ކުރާ ފެން ބިލު ތަކަށް %30 ޑިސްކައުންޓެއް އަދި ވިޔަފާރިތަކުން ބޭނުން ކުރާ ފެނާއި ކަރަންޓު ބިލުތަކަށް %20 ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތު މިވަގުތު ހުރި ގޮތުން ސްޓެލްކޯގެ ކައުންޓަރުތައް ބަންދު ކޮށްފައިވާކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ. މިއާއެކު ސްޓެލްކޯގެ ކަރަންޓު އަދި ފެން ބިލު ދެއްކުމަށް ސްޓެލްކޯގެ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމުގެ ގޮތުން ވެބްސައިޓު މެދުވެރިކޮށް އެއްފަހަރާ އެއް ބިލަށް ވުރެ ގިނަ ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސަރުކާރުގެ މި ނިންމުމާއެކު ސްޓެލްކޯގެ އިތުރުން ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިންވެސް ވަނީ ބިލުތަކަށް ޑިސްކައުންޓު ދޭކަން އާންމު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް