ads
ސަލްމާން ހާން އަދި ސާލިމް
ސަލްމާންގެ ބައްޕައަށް ރާދޭ ކަމަކުނުދިޔަ
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާންހާންގެ އެންމެ ފަހުން ނެރުނު ފިލްމް ރާދޭގެ ރޭޓިންސް ބޮޑުތަނުން ދަށަށް ގޮސްފައިވަނިކޮށް، ސަލްމާންގެ ބައްޕަ ވެސް ފިލްމު ކަމުނުދާކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ސަލްމާންގެ ބައްޕަ ސާލިމް ހާން ރާދޭ އާއިމެދު ދެކޭ ގޮތް ކިޔާދެމުން ބުނީ “އެ ފިލްމު އެހާ ރަނގަޅެއް ނޫން” ކަމަށެވެ.

ސާލިމް ބުނީ މީގެ ކުރިން ސަލްމާން ކުޅުނު ދަބަންގް 3 ރަނގަޅު ކަމަށާއި ހާއްސަކޮށް “ބަޖްރަންގީ ބާއިޖާން” ފިލްމު ވަރަށް ރީތި ކަމަށެވެ. ނަމަޗެސް ރާދޭ އެހާ ކަމަކު ނުދާ ކަމަށް ސާލިމް ބުނެއެވެ.

ސާލިމް ވަނީ ފިލްމު އުފައްދާ މީހުން، ފައިސާ ދައްކައިގެން ފިލްމު ބަލަން ދާ މީހުންނަށް ދައްކަނީ ރަނގަޅު ކޮލިޓީ އެއްޗެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ސާލިމް ބުނީ “ޒަންޖީރު” އަކީ މުޅި ފިލްމު ސިނަމާ ބަދަލުކޮށްލި ފިލްމެއް ކަމަށެވެ. އޭގެ ފަހުން ހިންދީ އަދި އުރުދޫ ސިނަމާތަކަށް ފިލްމު ހެދުން ހުއްޓިފައިވާ ކަމަށާ، މިހާރު އަސްލަކަށް ބަލަނީ ހުޅަނގު ގައުމުތަކުގެ ފިލްމުތައް ކަމަށް ސާލިމް ބުނެއެވެ. 

ސަލްމާންގެ ރާދޭގެ ރޭޓިން ދަށްވިޔަސް ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމުދަނީއެއް ހޯދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް