ads
ބުޅާދެކެ މީހުން ބިރުގަންނަނީ ކީއްވެބާ؟
ބުޅަލަކީ އެއްބަޔަކު ވަރަށް ލޯބިން ޕެޓެއްގެ ގޮތުގައި ގެންގުޅޭ އެއްޗަކަށް ވާއިރު، މިއީ އަނެއްބަޔަކު ވަރަށް ބިރުގަންނަ އެއްޗެކެވެ.

އެގޮތުން ބުޅާ އުޅޭ ހިސާބަކަށް ދާންވެސް ނުކެރޭ ވަރަށް އެއްބަޔަކު ބުޅާ ދެކެ ބިރު ގަންނައިރު، ބުޅަލެއް ފެނުމުން ނަގޫޖެހިތާ ބޯޖަހާފައި ނިތްކުރި ހުންނަ ދިމާލަކަށް ދުއްވައިގަންނަ މީހުންވެސް ވަކި މަދެއްނޫނެވެ. މިއޮތީވެސް ހަމަ އެފަދަ ވާހަކައެކެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ދަޅެއް ބޯލަން ރައްޓެހިންތަކަކާއެކު މަޑުކޮށްލައިގެންތިބި ވަގުތުކޮޅެކެވެ. ހަތަރު މީހުންނަކީވެސް ބުޅާދެކެ ވަރަށް ބިރުގަންނަ މީހުންނެވެ. ވާހަކައިގައި ތިއްބާ ބުޅަލެއް ފެނުމުން މަޑުމަޑުން އެއްކައިރިއަށް ޖެހެން ފެށުނީ ހަތަރު މީހުންންނަށްވެސް އެކީގައެވެ. 

އެހިސާބުން ވާހަކައިގެ މައުލޫ ބަދަލުވެގެން ދިޔައީ ބުޅާދެކެ ބިރުގަންނަންފެށި ސަބަބަށެވެ. ކަންދިމާކުރި ގޮތުން ތިން މީހުންނަކީ ކުޑައިރު ހަނދާން ހުންނަން ފެށިއިރުއްސުރެ ބުޅާދެކެ ބިރުގަންނަ މީހުންނެވެ. ދެންހުރި މީހާއަކީ ކުޑައިރު ދިމާވި ހާދިސާއަކުން ބިރުގަންނަން ފެށި މީހެކެވެ.

ކުޑައިރު ބުޅަލެއްދެކެ ރުޅިއައިސްގެން ގާބުރިއެއް އެއްލާ ބުޅާގައިގާ ޖަހާފައި ދިޔައީ ވަރަށް އުފަލުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެރޭ ނިދަންއޮއްވާ ހުވަފެނުން ފެންނަނީ ބުޅާ ބޮޑުވަމުން ބޮޑުވަމުން ގޮސް ބޮޑު މިނިކާވަގަކަށް ބަދަލުވެ، އޭނާ ކައިލަނިކޮށް ކަމަށްވެސް ކިޔައިދިނެވެ. މިއީ އޭނާ ބުޅާ ދެކެ ބިރުގަންނަން ފެށި ހިސާބުކަމަށް އޭނާ ބުނެއެވެ. 

އެކިމީހުން ބުޅާދެކެ ބިރުގަންނަނީ އެކި ކަހަލަ ސަބަބުތަކާއި ހުރެއެވެ. ނޫނީ ހަޔާތުގައި ހިނގާ ކަމެއްގެ ސަބަބުން ބުޅާދެކެ ބިރު ގަންނަ މީހުންވެސް އުޅެއެވެ.

 

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް