ads
މޭކަޕް ކޮށްފައިވާ ފިރިހެނެއް
ބިޓުންގެ މޭކަޕްކުރަން ބޭނުންވާ އަންހެން ކުދިން ކޮބާ؟
ބިޓުންގެ މޫނުގައި މޭކަޕްކޮށްލާ، ލިޕްސްޓިކް ޖައްސާލުން އެއީ މިހާރުގެ ބައެއް އަންހެންކުދިން ވަރަށް ބޭނުންވާ ކަމެކެވެ.

ނަމަވެސް ބައެއް ފިރިހެން ކުދިން ލޯބީގައި ޖެހި އާވާރާވެފައި ހުންނަ ވަރުން ބިޓުން އެމީހުންގެ ތުންފަތުގައި ލިޕްސްޓިކް ޖައްސާލަން ދިން ނަމަވެސް ގިނަ ފިރިހެން ކުދިންނަށް މިއީ މާކަމުދާ ކަމަކަށް ނުވެއެވެ. ނޫނީ ލަދުން ދޭން ނުކެރެނީ ނޫން ކަމެއް ވެސް ނޭނގެ އެވެ. ކޮންމެއަކަސް ހަގީގަތަކީ މިއީ ފިރިހެންކުދިން 'ކޮންވިންސް' ކުރުވަން އެހާ ފަސޭހަ ކަމެއް ނޫނެވެ. 

ދެން އޮތީ އަންްހެން ކުދިން އެމީހުންގެ ބިޓުންގެ މޫނުގައި މޭކަޕް ކުރަން ބޭނުންވާ ސަބަބެވެ. ދެތިން ކުއްޖެއް ކައިރީގައި އަހާލީމެވެ. 

އަންހެން ކުދިން ބުނާ ގޮތުގައި އެމީހުން އެގޮތަށް ކަންތައް ކުރަން ބޭނުންވަނީ އެމީހުންގެ ބިޓުން އެމީހުންނަށް މުހިންމު ކަންދޭ މިންވަރެއް ބަލާލުމަށެވެ. ނުވަތަ ބައެއް ކުދިން ބުނާ ގޮތުގައި އެއީ އެމީހުންދެކެ ފިރިހެން ކުއްޖާވާ ލޯބި ބަލާލުމަށްޓަކައި ކުރާ ކަމެކެވެ. ނޫނީ މިއީ ފިރިހެން ކުއްޖާ ލަދުން އުޅޭތީ ރަކިކޮށްލަން ކުރާ ކަމަކަށްވެސް ވެދާނެއެވެ. 

އެކި ސަބަބުތަކާއި ހުރެ ނަމަވެސް މިކަމަކީ އަންހެން ކުދިން ވަރަށް ގަޔާވާ ކަމަކަށް މިވަނީ ވެފައެވެ. ނަމަވެސް ލޯބިވިއަސް، އެކުގައި އުޅެން ބޭނުންން ވިޔަސް މިކަންކުރަން އެއްބަސްވަނީ މަދު ފިރިހެން ކުއްޖެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް