ads
ރައީސް ސޯލިހް މިރޭގެ ނޫސްވެރިންނާ ބައްދަލު ކުރެއްވުން
ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވުމަށް ރައީސް އިލްތިމާސްކުރައްވައިފި
ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބާގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިފަދަ ނުބައި އާދަތަކުން ދުރުވާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ކޮވިޑް19 އާއި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކަމަކީ ވެސް ފުއްޕާމޭ ހަލާކު ކޮށްލާ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮވިޑް ޖެހުމުން އެކަމުގެ ސަބަބުން އެމީހުންނަށް ކުރާ އަސަރު ވެސް ބޮޑުވާ ކަމަށެވެ. 

އެގޮތުން 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމަށާއި މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ އުމުރުފުރާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުންފަތަށް ކުރާ ހޭދައަކީ އިސްރާފެއް ކަމަށާއި ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރާ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް