ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޓެރަރިޒަމް ނައްތާލުމުގެ ނިޔަތެއް މިސަރުކާރުގެ ނެތް: ޝިޔާމް
ރާއްޖެއިން ޓެރަރިޒަމް ނައްތާލުމުގެ ނިޔަތެއް މި ސަރުކާރުގައި ނެތް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ ސެކިއުރީގެ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ހިއްސާކުރި މައްސަލައިގައި މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައެވެ.

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ދުވަސްކޮޅެއް ކުރިން އެ ހަމަލާގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހިއްސާކުރެއްވި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ މައުލޫމާތު އެމްއެންޑީއެފްއިން ހިއްސާކުރީތީ ހައިރާން ނުވާ ކަމަށެވެ.

އަދި އެމްއެންޑީފްއިން މަސައްކަތް ކުރަމުން އަންނަނީ ރައީސް ނަޝީދު ދެކެ ރައްޔިތުން ރުޅި އަންނާނެ ގޮތަށް ކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކުރުމަށް މަޖީދީ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގީ ވެސް ރައްޔިތުންނަށް ޖެއްސުމަށް ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ދެވުނު ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތައް މިނިވަންކުރީ މި ސަރުކާރުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިކަމުން ވެސް ހާމަވެގެން ދަނީ މި ސަރުކާރަކީ ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރާ ސަރުކާރެއް ނޫން ކަމެވެ.

މީގެ އިތުރުން ޝިޔާމް ވަނީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މާރިޔާ ދީދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކަމަނާ އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ވެސް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް