ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ހަރުކަށި ފިކުރު މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ
ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ 8 މީހުންގެ ތެރެއިން 5 މީހަކު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު އައްޑޫއިން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަށް މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަސް ހަމަވުމާއިއެކު އިއްޔެ އެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް އެމީހުން ހާޒިރުކުރުމުން ކޯޓުން އޭގެތެރެއިން ފަސް މީހަކު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީޖީން އޮފީހުން ބުނި އެ މީހުން ދޫކޮށްލުމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައިދެއްވުމަށް އެދި ހައި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގައި ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.  އެއޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކުރަމުންނެވެ. 

އެގޮތުން މިމަހުގެ 15ވަނަ ދުވަހު އައްޑޫއިން ހައްޔަރުކުރި މީހުންގެ އިތުރުން، މިމަހުގެ 19ވަނަ ދުވަހުގެ ވަގުތެއްގައި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ބެލެވޭ މީހަކު މާލެއިން ހައްޔަރު ކޮށްފައިވާއިރު، ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަންގައިވެސް އެރޭ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެފަހުން މިމަހުގެ 20ވަނަ ދުވަހު ފުލުހުން ހުޅުމާލެއިން 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 27ވަނަ ދުވަހު ހަރުކަށި ފިކުރުގެ އިތުރު ތިން މީހަކު ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް