ads
ފޯނު ވަގަށް ނެގި މީހާ--- ފޮޓޯ: ޕޮލިސް
ތިން ފޯނު ވަގަށް ނެގި މީހަކު ހޯދަނީ
ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފޯނުތަށް ވަގަންނެގި ކަމަށް ބެލެވޭ މީހަގެ ފޮޓޯއާއި ވީޑީއޯ އާންމުކޮށް ފުލުހުން ބުނީ އެ މީހާ އަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެންކަމުން އެ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެ މައްސަލައިގެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މައްސަލައިގެ މައުލޫމާތު ހިއްސާކުރާއިރު، މައްސަލައިގެ އިންސިޑެންޓް ނަންބަރު 484557 ވިދާޅުވުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް