ads
ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް--ފޮޓޯ:މަޖިލިސް
ކުޑަކުއްޖާ މަރުވުމުގައި، އެމްބިއުލާންސް ލަސްވި މައްސަލަ ބަލަނީ
ކޮވިޑް-19 ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުޑަ ކުއްޖާއަށް ފަރުވާ ދިނުމަށް ބަލާދިޔަ އެމްބިއުލާންސް ލަސްވި މައްސަލަ ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމަޖެންސީ ކޭސްއެއްގައި އެމްބިއުލޭންސް ލަސްވި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިނިސްޓްރީން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ކޯލަކީ ޖޫން މަހުގެ 1 ވަނަ ދުވަހު ލިބުނު ކޯލެއް ކަމަށެވެ. އަދި މި މައްސަލަ ހިނގި ގޮތް ބަލައި މިފަދަ އިތުރު މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެ، އެންބިއުލާންސަށް ގުޅުމުން އެންބިއުލާންސް އައިސްފައިވަނީ2 ގަޑިއިރާ 40 މިނިޓު ލަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެޗްޕީއޭއަށް ގުޅާފައިވަނީ ނޭވާލާން އުނދަގޫވެ، ނޭފަތުން ލޭ އަންނާތީ ކަމަށާއި، 1676ން ބުނީ މެޑިކަލް ޓީމާ އެކަން ހިއްސާކޮށްފައިވާނެ ކަމަށް އެކަނި ކަމަށެވެ. އަދި 9 ޖެހިއިރުއްސުރެން ފަށައިގެން ގުޅުމުން އެންބިއުލާންސް އައިސްފައިވަނީ 11:40 ގައި ކަމަށާއި އޭރު އެކުއްޖާ ވިންދު ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭގެ އެންބިއުލާންސް ލަސްވުމުން އައިޖީއެމްއެޗް އެންބިއުލާންސަށް ވެސް ގުޅި ކަމަށާއި ނަމަވެސް ކޮވިިޑަށް ޕޮޒިޓިވް ކޭސް އެއް ކަމުން އެންބިއުލާންސް ފޮނުވަން އައިޖީއެމްއެޗުން ދެކޮޅު ހެދިކަމަށް އޭނާ ބުނެފައިވެއެވެ.

ރޭ، މަރުވެފައިވަނީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް