ads
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް
މަޖިލިސް ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެފަދައިން މުޖުތަމައުތެރޭ ބިރުދެއްކުމާއި، އިންޒާރުދިނުމާއި ޓްރަރިޒަމްއާއި ގުޅުންހުރި އަމަލުތައް ހިންގާފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް