ads
ބީއެމްއެލްއިން ކުޅުދުއްފުށީގައި ގާއިމްކުރި އާއޭޓީއެމް ސެންޓަރު --- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކާޑުގެ މުއާމަލާތްތައް އަވަހަށް ނިންމާލުމަށް އެދިއްޖެ
ބީއެމްއެލް ގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިރޭ ފަށާތީ، ކާޑުން ކުރައްނަޖެހޭ މުއާމަލާތްތައް އަވަހަށް ނިންމާލުމަށް ބީއެމްއެލް އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނީ އަޕްގްރޭޑުގެ މަސައްކަތް ކުރަން ފެށުމުން މިރޭގެ 10:00 އިން މާދަމާ ހެނދުނު 9:00 އަށް ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑޭނެކަމަށެވެ.

އެ ވަގުތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބީއެމްއެލް އިން އޮޕަރޭޓްކުރާ ކާޑުގެ ހިދުމަތްތައްވެސް މެދުކެނޑޭނެއެވެ. އެހެންކަމުން އޭޓީއެމާއި ޕީއޯއެސް އާއި އެމްޕީއޯއެސް އާއި މާޗަންޓް ޕޯޓަލްގެ އިތުރުން ޕޭމަންޓް ގޭޓްވޭ އާއި މޮބައިލް ޕޭގެ ހިދުމަތް ވެސް މެދު ކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އަޕްގްރޭޑުގެ ވަގުތުގައިވެސް ބޭންކު ބެލެންސް ބެލުމާއި އޮންލައިން ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ދޭ ބޭންކިންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށާއި، އަޕްގްރޭޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާއި ދިމާނުވާނެގޮތައް ބަލާފައިކަމަށް ބީއެމްއެލް އިން ބުނެއެވެ. 

އެހެން ނަމަވެސް އަޕްގްރޭޑުގެ ވަގުތާ ދިމާކޮށް ކާޑު ބޭނުންކޮށްގެން މުހިއްމު މުއާމަލާތެއް ކުރަންޖެހޭ ނަމަ، އެ މުއާމަލާތެއް ކުރިން ކޮށް ނިންމާލުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް