ads
ނޭޕާލާ ޗައިނީޒް ތައިޕޭ ކުޅުނު މެޗުގެ ތެރެއިން
ދެކުނު އޭޝިއާ ސަރަހައްދުން މޮޅުވީ ނޭޕާލު އެކަނި
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުން، ނޭޕާލު މޮޅުވިއިރު، ބަންގްލަދޭޝް އެއްވަރުވެ އަދި އިންޑިޔާ ބަލިވެއްޖެއެވެ. ދެކުނު އޭޝިއާ ސަރަހައްދުން ދެން ވާދަ ކުރާ ދިވެހިރާއްޖެ، އަދި ސްރީ ލަންކާގެ މެޗުތައް އޮތީ މިއަދު އަދި މާދަމާއެވެ.

އަވައްޓެރި އިންޑިޔާ ބުރާސްފަތި ދުވަހުގެ ރޭ ބަލިވީ ވަރުގަދަދ ގަތަރު އަތުންނެވެ. ގަތަރާ އިންޑިޔާ ކުޅުނު މެޗުން އިންޑިޔާ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުގެ ބޮޑު ބައި އިންޑިޔާއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިންޑިޔާ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާ ގުޅިގެންނެވެ.

އިންޑިޔާއާ އެއް ގްރޫޕެއްގައި ހިމެނުނު ބަންގްލަދޭޝްވަނީ ބުރާސްފަތި ދުވަހުގެ ރޭ އަފްގާނިސްތާނާ ކުޅެ އެއްވަރުވެފައެވެ. މި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.   

ސަރަހައްދީ ޓީމުތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ މޮލުވީ ނޭޕާލުންނެވެ. ނޭޕާލުވަނީ ގްރޫޕް ބީގައި ޗައިނީޒް ތައިޕޭ އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރޭލިއާ، ކުވައިތު، އަދި ޖޯޑަންއެވެ.

ސަރަހައްދީ ގައުމުތަކުގެ ތެރެއިން އަވައްޓެރި ލަންކާގެ މެޗު އޮންނާނީ މާދަމާއެވެ.  މާދަމާ ލަންކާ ނުކުންނާނީ ކޮރެއާއާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް