ads
އެޑިއުކޭޝަން މިނިސްޓަރު--
މޮނިޓަރިންގައިވާ ރަށްރަށަށް 1350 ޓެބްލެޓު ހޯދައިދެނީ
މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ކީސްޓޭޖު 1ގެ ދަރިވަރުންގެ ތެރެއިން ގްރޭޑު 1 އަދި 2 ގެ ދަރިވަރުންނަށާއި ސްޕެޝަލް އެޑިޔުކޭޝަން، ސެން ކްލާހުގެ ދަރިވަރުންނަށް 1350 ޓެބްލެޓު ހޯދައިދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އާ ޓެބްލެޓްތައް ހޯދަނީ ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް: ލާރނިންގ އެޑްވާންސްމަންޓް އެންޑް މެސަރމަންޓް ޕްރޮޖެކްޓް"ގެ ދަށުންކަމަށެވެ.

އާ ޓެބްލެޓުތައް ހަތަރު މަސް ދުވަސް ތެރޭގައި ފޯރުކޮށްދެވޭނެ ފަރާތްތައް އަންނަ މަހުގެ 15 ގެ ކުރިން ބިޑް ހުށަހަޅަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

މިހާރު ވެސް 70އަށްވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، މި ރަށްތަކުގައި ކިޔަވައިދެމުން އަންނަނީ އޮންލައިން ކޮށެވެ.

އޮންލައިންކޮށް ކިޔައިދިނުމުގައި ދިމާވާ ޑޭޓާގެ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ހަދައި، މިހާރު އަންނަނީ ޓެސްޓު ކުރަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް