ads
ފުލުހުން
ކުޅުދުއްފުށީގައި މީހަކު ރަހީނުކުރި މައްސަލައިގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ކުޅުދުށްފުށިގައި މޭމަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހުވެސް ވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. އެހެންކަމުން މިއަދު ހައްޔަރުކުރި 19 އަހަރުގެ ޒުވާނާއާއިއެކު މިއީ މިމައްސަލާގައި ހައްޔަރުކުރި ތިންވަނަ މީހާއެވެ. 

މީގެ ކުރިން ހައްުަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ. އެދުވަހު އެމީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެެވެ.

މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި އެހާދިސާގައި ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އެމީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ. އޭނާ މާލެ ގެނެސް ފަރުވާދެމުންދިޔައީ އައިސީޔޫގައެވެ. ސީއެންއެމްއަށް އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި އަދިވެސް އޭނާއަށް ފަރުވާދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ. އެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައިވެއެެވެ. ބަލިމީހާއާއި ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. 

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް