ads
މާލޭ ޖަލުގައި ހުޅުޖަހަން މަސައްކަތްކޮށްފި
މާލޭ ޖަލުގައި ހުޅުޖަހަން ގައިދީންގެ ބަޔަކު މަސައްކަތްކޮށްފިއެވެ.
މާލޭ ޖަލުގައި ހުޅުޖަަހަން ގައިދީންގެ ބަޔަކު މަސައްކަތްކޮށްފިއެވެ.

މިގޮތުން ޖަލުގެ ގޮޅިއެއްގައި ތިބި ގައިދީންތަކެއް އެމީހުން ނިދަން ބޭނުންކުރާ ބެޑްޝީޓެއްގައި ރޯކޮށްލުމަށްފަހު ގޮޅިން ބޭރަށްވަނީ އެއްލާލާފައެވެ.

ނަމަވެސް އަލިފާންގަނޑު ނުފެތުރެނީން ޖަލުގެ އޮފިސަރުން ވަނީ ނިއްވާލާފައެވެ.

އެ ޖަލުގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރިކަން އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ނަމަވެސް، ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް ވިދާޅުވަނީ "އެއީ ރަނގަޅު މައުލޫމާތެއް ނޫން" ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބައެއް ގައިދީން ޖަލުގައި ހަޅުތާލުކުރަމުން ގެންދާތާ ތިން ދުވަސް ވެއްޖެއެވެ.

މާލޭ ޖަލުގައި ހުރި ކްލައިންޓަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅުމަށް ނިންމާފައިވާކަމަށް ލޯޔަރު އަބްދުﷲ ހަސީން މިއަދު ވަނީ ސީއެންއެމްއަށް ވިދާޅުވެފައެވެ.

މާނައަކީ ގައިދީންނާއި ޖަލު ބަލަހައްޓާ މީހުންނާއި ދެމެދު އަންނަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.

މާލޭ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ 48 ގަޑިއިރު ވެފައިވާކަން ސީއެންއެމް އަށް ވަނީ އެނގިފައެވެ.

އަދި އެމީހުން ހަޅުތާލު ކުރަމުން އަންނަނީ މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންކަމަށް މައުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ، ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އެހެން ނަމަވެސް އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެފައިވަނީ، ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވުމުން ބަންދު މީހުން ހުރަސް އެޅިކަމަށާއި، އެހިސާބުން ކަރެކްޝަނަލް ސާވިސުން ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. މިފަދަ މައްސަލަތައް ހިނގާފައިވަނީ ޖަލުގެ ހިދުމަތްތައް ދަށްވެ ގައިދީންގެ ހައްގުތައް ކަށަވަރުނުކުރެވޭތީ ކަމަށް ބައެއް ގައިދީންގެ އާއިލާތަކުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް