ads
ޕާކިސްތާން ގައި ހިނގި ރޭލް އެކްސިޑެންޓް
ޕާކިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 30 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 30 މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމުގައި ބެލެވެނީ އެއް ރޭލް ދަތުރުކުރަމުން ދިޔަ ރޭލް ދަގަނޑު މަތިން ފުރޮޅާލައިގެން އަނެއް ރޭލް ގައި ޖެހުމުގެ ސަބަބުން ކަމަށް ޕާކިސްތާން ގެ ކަމާއި ބެހޭ ފަރާތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. 

އަލްޖަޒީރާ އިން އިތުރަށް ރިޕޯޓް ކުރާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޕާކިސްތާނު ގެ ދެކުނު އަވަށެއްގައިއެވެ. މި ހާދިސާގައި މިހާތަނަށް 30 މީހުން މަރުވެފައިވާ އިރު އެތައް ބަޔަކަށް ވަނީ ސީރިއަސް އަނިޔާ ތަކެއް ލިބިފައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދިވެސް އެތައް ބަޔަކު ރޭލްތަކު ގެ ތެރޭ ގައި ތާށިވެފައި ތިބި އިރު މަރުވެފައިވާ މީހުން ގެ އަދަދު އިތުރުވުން އެކަށީގެން ވާކަމަށާއި މީހަރުވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އާންމު ރައްޔިތުން އިތުރުން ސިފައިންގެ އެހީ ގައި ކުރިޔަށް ދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ދެ ރޭލް ގައި ޖުމްލަ 1100 މީހުން ދަތުރު ކުރި ކަމަށާއި ސަލާމަތް ކުރެވޭ މީހުންނައް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ދާކަމަށް ވެސް ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް