ads
ބީއެމްއެލް ---
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ބުނީ އިސްލާމިކް ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް މިއަދުން ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެކަމަށް ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ މިއަދުގެ މި ގެނެވުނު ބަދަލުތަކުން ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި." ޓިމް ސޯޔަ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން އަށް އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން ވެސް ހުށަހެޅޭނެއެވެ. އީމެއިލްކޮށް ހުށަހަޅާ ފަރާތްތައް ހުށަހަޅަން ޖެހޭނީ [email protected] އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް