ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިލް 2021 ބާއްވަން ނިންމައިފި
"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒު 2021" އަންނަ ޖުލައި މަހު ފެށުމަށް ނިންމައިފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިލް 2021" އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކުއިޒްގެ މަގުސަދަކީ އެމްއެމްސީގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކާއި އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމްއެމްސީގެ އާންމު މައުލޫމާތާއި، މަސައްކަތްތަކާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުމާއި، އެމްއެމްސީގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު ކުއިޒެއްގެ ޒަރީއާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ ސަބަަބުން ރައްޔިތުންނަށް ގޭގައި ތިބެންޖެހިފައިވާ މި ދަނޑިވަޅުގައި މައުލޫމާތު ހިއްސާކޮށްލުމުގެ މަސައްކަތެއް ކޮށްގެން އިނާމެއް ލިބޭނެ ފުރުސަތަކަށް މި ކުއިޒު ވެގެންދާނެ ކަމަށް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން ބުނީ ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީއަށް ހުޅުވާލާނީ މި މަހުގެ 15 އިން ފެށިގެން ޖުލައި މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. ރަޖިސްޓްރީއަށް ހުޅުވާލުމުން އެކަން އެމްއެމްސީގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ މެދުވެރިކޮަށް އާންމުކުރާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. 

"މޯލްޑިވްސް މީޑިއާ ކައުންސިލް 2021" ގެ ސުވާލުތައް ޝާއިއު ކުރަމުންދާނީ އެމްއެމްސީގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ. ޖުލައި މަހުގެ 1 އިން ފެށިގެން ކޮންމެ ދުވަހެއްގެ 13:00 ގައި އެ ދުވަހެއްގެ ސުވާލު ޝާއިއުކުރާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީން ބުނީ ކުއިޒުގައި ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށް 3،000 ރުފިޔާ، ދެވަނަ އަށް އަންނަ ފަރާތަކަށް 2،000 ރުފިޔާ އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 1،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށެވެ.

އެ ކުއިޒުގެ އުސޫލުތައް އެމްއެމްސީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް