ads
ދިވްޔަންކާ ޓްރިޕާތީ——
ދިޔައީ ރަށްޓެއްްސެއް އޮޑިޝަންދޭތީ ހިތްވަރުދޭން އެކަމަކު ރޯލް ލިބުނީ އަހަންނަށް: ދިވްޔަންކާ
ޓީވީ ސީރީސް “ޔޭހޭ މޮހައްބަތޭން” މަޝްހޫރުވި ދިވްޔަންކާ ޓްރިޕާތީ އަކީ ހިންދީ ޑްރާމާތައް ބަލާ ފަރާތްތަކަށް އާ މޫނަކަށް ނުވާނެއެވެ. ޓީވީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރް ދިވްޔަންކާ ވަނީ އޭނާ އެކްޓުކުރަން ފެށިގޮތް ކިޔާދީފައެވެ.

ދިވްޔަންކާ ބުނީ އޭނާ ދިޔައީ ރަށްޓެއްސަކު ޝޯއަކުން ޖާގައެއް ބޭނުންވެގެން އުޅޭތީ އެދުވަހު ރަށްޓެހި ކުއްޖާ އޮޑިޝަންދޭން ހަމަޖެހިފަ އޮތުމުން އޭނާގެ އެދުމަކަށް އޭނާއަށް ސަޕޯޓުކުރުމަށްޓަކައި ކަމަށެވެ. 

އެހެންނަމަވެސް އެތަނުގަައި އެވަގުތު ތިބި ޑައިރެކްޓަރުން ސްކުރިޕްޓް ދިނީ އޭނާ އަތަށް ކަމަށާއި، އަދި ސްކްރިޕްޓު ކިޔުމަށް އެދުނު ކަމަށެވެ. އޭނާ އެ ސްކުރިޕްޓް ކިޔާ ނިންމާލުމުން އެ ރޯލް ވަގުތުން ދިވްޔަންކާއަށް ލިބުނުކަމަށް އޭނާ ކިޔައިދިނެވެ. 

ދިވްޔަންކާ ބުނީ އޭނާ ހުރީ އެެއްވެސް ވަރަކަށް އެކަހަލަ ކަމަކަށް ރެޑީވެގެން ނޫން ކަމަށާއި، އެހެންކަމުން އެކަމާއި ދެކޮޅު ހެދިނަމަވެސް މާދަމާ ޝޫޓިންއަށް މިވެނި ގަޑިޔަކަށް އަންނާށޭ ބުނުމަށްފަހު އެތަނުން ފޮނުވާލީ ކަމަށެވެ. 

ދިވްޔަންކާ އޭގެފަހުން ކުޅުނު ޔޭ ހޭ މުހައްބަތޭއިން އިޝީމާގެ ރޯލުން މަޝްހޫރުވެގެން ދިޔައިރު އެ ސީރީސްއަކީ އެންމެ ގިނަ ބަޔަކު ބެލި ސީރީސްތަކުގެ ތެރެއިން އެއް ސީރީސްއެވެ. އޭގެފަހުން ޑްރާމާއަކަށްފަހު ޑްރާމާއަކުން ޗާންސް ލިބެމުންގޮސް އޭނާ އަކީ މިވަގުތު ޓީވީ އިންޑަސްޓްރީގެ އެންމެ އަގުބޮޑު އެކްޓްރެސްއެވެ.

މިވަގުތު އޭނާ ޝޫޓްކުރަމުންދަނީ ރިއަލިޓީ ޝޯ ކަތުރޯންކާ ކިލާޑީ ސީޒަން 11އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް