ads
ޖޭއެސްސީ ---
ހުއްދަ ނެތި އެހެން ކޯޓަކަށް ވަތް މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅަން ނިންމައިފި
ގަވާއިދާ ހިލާފަށް ބ. އޭދަފުށި ކޯޓަށް ވަތް މައްސަލާގައި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފު އާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނިގޮތުގައި އިސް މެޖިސްޓްރޭޓް ލަތީފުގެ މައްޗަށް  ހުށަހެޅި މައްސަލަ ސާބިތުވެފައިވާތީ، ކޮމިޝަނުން ނިންމާފައިވަނީ ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި އަޙްމަދު ލަޠީފަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަޠީފު، މައްޗަށް ސާބިތުވެފައިވަނީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އަހުމަދު ލަތީފްގެ މި އަމަލަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 9 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި 1.2 އާއި 1.1 އާއި އަދި 2.1 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ކަމަށް ވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް