ads
ފޮޓޯ:- އެޑިޓާސް ގިލްޑް--
އެޑިޓާސް ގިލްޑް ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭގައި މަސައްކަތް ކުރާ އެޑިޓަރުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ އެޑިޓާސް ގިލްޑް ޖަމިއްޔާގެ އާންމު މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްއްޔާގެ ހިންގާ ގަވާއިދުގައި ބުނާ ހިންގާ ކޮމިޓީގެ އިންތިހާބު މި މަހުގެ 18 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެ ޖަމިއްޔާގެ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މެންބަރުންނަށް ވެވޭނެ ތިން ޝަރުތެއް އެ ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މެއިންސްޓްރީމް އޮންލައިން، ޕްރިންޓް، ބްރޯޑްކާސްޓް އަދި އިލެކްޓްރޯނިކް މީޑިއާގައި މެދުނުކެނޑި މަސައްކަތް ކުރާތާ 14 އަހަރު ވެ އަދި މިހާރުވެސް މަސައްކަތުގައި ދެމި ތިބި އެޑިޓަރުން، މެނޭޖިން އެޑިޓަރުން އަދި އެގްޒެކެޓިވް އެޑިޓަރުންނަށް ވަނީ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މީޑިއާތަކަކީ ގައުމީ ފެންވަރުގައި ހަބަރާއި މައުލޫމާތު ފުޅާދާއިރާއެއްގައި ދުވަހުން ދުވަހަށް ގެނެސްދޭ މީޑިއާތަކަށް ވާންޖެހެއެވެ.

ހަމައެހެންމެ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފުލްޓައިމް ކޮށް މެދު ނުކެނޑި 11 އަހަރު މަސައްކަތް ކޮށް އަދި މިހާރު ފުލްޓައިމްކޮށް މަސައްކަތް ނުކުރާ މީހުންނަށް ވެސް ވަނީ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މީހުންނަކީ ނޫސްވެރިކަމުގައި އެޑިޓަރުން، މެނޭޖިން އެޑިޓަރުން، އެގްޒެކެޓިވް އެޑިޓަރުން، މީޑިއާ ތަކުގެ ސީއީއޯ/ސީއޯއޯ ނުވަތަ ޗެއާމަން ފެންވަރުގައި މަސައްކަތް ކޮށް ތަޖުރިބަ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމްއިއްޔާތަކާއި އިދާރާތަކަށް އެސޯސިއޭޓް މެންބަރުންނަށް ވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެސޯސިއޭޓް މެންބަރުންނަށް ހިންގާ ކޮމިޓީގެ އިންތިހާބުގައި ވޯޓެއް ނުދެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް