ads
ނިއުރަލް ރިޕްލޭ
އާ ކަންކަން ދަސްކުރާއިރު ކޮންމެހެންވެސް ބްރޭކް ނަގަންޖެހޭ
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އާ ކަމެއް ދަސްކުރާނެ މީހެކެވެ. އެހެން ނަމަވެސް މިކަމުގައިވެސް އެކި މީހުން ގެންގުޅޭ އުކުޅުތައްވެސް ވަރަށް ތަފާތެވެ.

ސައިންސްގެ ތަފާތު ހޯދުންތަކުން ދައްކާގޮތުގައި އާ ކަމެއް ދަސްކުރާއިރު ސިކުނޑިއަށް ރެސްޓް ދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެގޮތުން އަވަސް އަވަހަށް ބްރޭކް ނެގުމަކީ އެކަން އެ ކުރާ ކަމެއް ހަނދާނުގައި ހަރުލައްވަން ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އާންމު ގޮތެއްގައި "ނިއުރަލް ރިޕްލޭ" ނުވަތަ ނިދާފައި އޮންނަ ވަގުތުގައި ހަނދާން ގަދަވުމަކީ އިންސާނާ ނިދާފައި އޮންނަ ވަގުތުގައި ހިނގާ ޕްރޮސެސްއެކެވެ. 

ނޭޝަނަލް އިންސްޓްޓިއުޓް އޮފް ނިއުރޮލޮޖިކަލް ޑިސްއޯޑާސް އެންޑް ސްޓްރޯކްސް (NINDS) ން ތައްޔާރުކޮށްފައިވާ ރިސާޗަކުން ދައްކާގޮތުގައި އިންސާނާ ނިދާފައި އޮންނަ ވަގުތުގައި ނޫނަސް "ނިއުރަލް ރިޕްލޭ" ހިނގާކަމެވެ. އެއީ މަސައްކަތުގައި ހޭދަކުރާއިރު ނުވަތަ ވިސްނުމުގައި ވަގުތު ހޭދަކުރާ  ނަމަވެސް ބްރޭކް ނަގާވަގުތުގައި މި ޕްރޮސެސް ކުރިއަށްދާ ކަމެވެ. 

މިކަމާ ބެހޭގޮތުން ޑރ. ލިއަނާޑޯ.ޖީ.ކޯހެން ހާމަކުރާގޮތުގައި އައު ކަންތައްތައް ދަސްކުރުމުގައި އަވަސް ބްރޭކް ނެގުމަކީ އެކަމެއް އަވަހަށް ދަސްކުރުމަށް މަގުފަހިވާނެކަމެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް