ads
ރަށެއްގެ ގޮނޑުދޮށުގައި ހުރި ރުއްތަކެއް-- ފޮޓޯ:މިހާރު
ހަމައެކަނި ކައުންސިލްގެ ހުއްދައަކުން ރުއް،ގަހެއް ނުނެގޭނެ
ހަމައެކަނި ކައުންސިލްގެ ހުއްދަ ލިބިގެން ރުށްގަސް ނުނެގޭނެ ކަމަށާއި އެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަވެސް ބޭނުންވާނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

މީހުން އާބާދުވެފައިވާ ރަށްރަށުގައި ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދިއުމަށް އެކި ފަރާތްތަކުން އީޕީއޭގައި އެދެމުންދާތީ އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ބެހޭ ގަވާއިދުގެ ދަށުން އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެން ނަމަވެސް ހަމައެކަނި ކައުންސިލްގެ ހުއްދައަކަށް ރިއާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކަކުން ރުއްގަސް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އީޕީއޭގެ ހުއްދަ ލިބިގެންކަން ރިސޯޓު  ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން މަސައްކަތް ކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި އަންނަނިވި ހުއްދަތައް ހުންނަންޖެހޭނެ ކަމަށް އީޕީއޭ އިން ބުނެއެވެ. އަދި އެ ލިޔެކިޔުންތައް އެގޮތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފާރާތްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އީޕީއޭ އިން ބުނެއެވެ.

ރުއްގަސް ނަގާ ފަރާތްތަކުގެ އަތުގައި ހުންނަންޖެހޭނެ ހުއްދަތަކާއި ލިޔެކިޔުންތައް:

  • އެ މަޝްރޫއުއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓު ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
  • ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަަދަދު
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް