ads
މާބަނޑު އަންހެނެއް
ދަރިން ހޯދަން އެންމެ ރަނގަޅީ ކޮންއުމުރެއް؟
ނޯވާ ސޯދެން ފާޓިލިޓީ އަދި އައި.ވީ.އެފް. ގެ ޕްރޮގްރާމް ޑިރެކްޓަރު ޑރ.ސޯނިޔާ މާލިކް ފާހަގަކުރައްވާފައިވަނީ ދަރިމައިވުމަށް ވިސްނާނަމަ ޑޮކްްޓަރެއްގެ ހިޔާލާ މަޝްވަރާ ހޯދުން ވަރަށް މުހިންމު ކަމަށެވެ.

އަބަދުވެސް އިވޭ އެއް ވާހަކައަކީ އުމުރަކީ ހަމައެކަނި އަދަދެއްކަމެވެ. "އޭޖް އިޒް ޖަސްޓް އަ ނަމްބާ" މިހެންނެވެ. އެހެން ނަމަވެސް ދިރިިއުޅުމެއް ފަށައި ދަރިން ހޯދުމަށް ވިސްނާއިރު އުމުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހޯދުންތަކުން ދައްކައެވެ. "އޭޖް އިޒް ނޮޓް ޖަސްޓް އަ ނަމްބާ" ކަމެވެ. "އޭޖް މެޓާސް އަ ލޮޓް" ކަމެވެ. 

އެގޮތުން ދަރިން ހޯދުމަށް ވިސްނާއިރު އަންހެނުންނާ ފިރިހެނުންގެ އުމުރުވެސް ވަރަށް މުހިންމެވެ. ގުދުރަތީގޮތުން އަންހެނުންގެ ބިސް އުފައްދަނީ ވަކި ހާއްސަ އަދަދަކަށް ކަމަށްވާއިރު، އޭގެ ކޮލިޓީ އުމުރުން ދުވަސްވީ ވަރަކަށް ދަނީ ދަށަށެވެ. 

އަންހެނުން އުމުރުން ދުވަސްވީ ވަރަކަށް ދަރިމައިވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ހަމަ އެހެންމެ ފިރިހެނުންނަށްވެސް މިހެން ދިމާވާކަމަށް ދިރާސާތަކުން ދައްކައެެވެ. ހަމައެކަނި ތަފާތަކީ މި ބަދަލު ފިރިހެނުންނަށް ވުރެން އަންހެނުނަށް ދިމާވާލެއް އަވަސްކަމެވެ. 

ނޯވާ ސޯދެން ފާޓިލިޓީ އަދި އައި.ވީ.އެފް.ގެ ޕްރޮގްރާމް ޑިރެކްޓަރު ޑރ. ސޯނިޔާ މާލިކް ފާހަގަކުރައްވާފައިވަނީ ދަރިމައިވުމަށް ވިސްނާނަމަ ޑޮކްްޓަރެއްގެ ހިޔާލާ މަޝްވަރާ ހޯދުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ދަރިމައިވުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކުން ރައްކާތެރިވެ ތިބުން މުހިންމު ކަމަށެވެ. ނަމަވެސް ދަރިން ހޯދަން އެންމެ ރަނގަޅީ ކޮން އުމަރެއްގައި ކަމެއް ޑރ. ސޯނިޔާ މާލިކް ވިދާޅެއްނުވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް