ads
އިޓަލީ- ތުރުކީ މެޗުގެ ތެރެއިން
ޔޫރޯ 2020: އިޓަލީ ފެށީ މޮޅަކުން
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް، އިޓަލީން މޮޅަކާ އެކު ފަށައިފިއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އިޓަލީ މޮޅުވީ ތުރުކީ އަތުން ތިން ލަނޑު ސުން ލަނޑުންނެވެ.

އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނނު މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމައިރަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ޖެހީ ޗީރޯ އިމޯބިލޭ އަދި ފަހު ލަނޑު ޖެހީ އިންސީނިއޭއެވެ.

މި ފަހަރު ޔޫރޯ މިއީ ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރު ބޭނުން ކުރާ ފުރަތަމަ ޔޫރޯ މުބާރާތެވެ. މިއި އަސްލު، މިދިޔަ އަހަރު ބާއްވަން އޮތް މުބާރާތެކެވެ. އެހެންމަވެސް ކޮވިޑާ ހެދި އަހަރަކަށް މުބާރާތް ފަސް ކުރީއެވެ.

އިޓަލީ ގްރޫޕުގައި ދެން ހިމެނެނީ ވޭލްސް އަދި ސްވިޓްޒަލެންޑެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް