ads
ހައްޖު--
ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނީ 60،000 މީހުންނަށް: ސައުދީ
ކޮވިޑް-19 ގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރަމުގެ ފުރުސަތު މި އަހަރު ވެސް ލިބޭނީ ވަރަށް މަދު ބަޔަކަށް ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.

ސައުދީއަރަބީޔާ ގެ މިނިސްޓަ ފޯ ހެލްތް އެންޑް ހައްޖު އިން ހޮނިހިރު ދުވަހު ބުނެފައިވަނީ މިއަހަރު ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ލިބޭނީ 60،000 މީހުނަށް ކަމަށެވެ.

ސައުުދީ ނޫހެއް ކަމުގައިވާ ސައުދީ ގެޒެޓުން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ މިއަހަރު ހައްޖުވެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި ސައުދީގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށް އެކަނި ކަމަށް ކަނޑައަޅައިފައެވެ.

މިއަހަރު ހައްޖުވުމުގެ ފުރުސަތު ދެވޭނީ އުމުރުން 18-65 އަހަރާ ދެމެދު އެއްވެސް ކަހަލަ ނުރައްކާތެރި ބައްޔެއްނެތް ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެގައުމުގެ އިދާރާތަކުން ބުނެއެވެ.

މިކަމުގެ ސަބަބުން ގިނަ ބަޔަަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ނަމަވެސް، މުސްލިމް ގައުމުތަކުން މިކަމަށް އެބާރުލުން ދެމުންދާ ކަމަށް ސައުދީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް