ads
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް
މިނިމަމް ވޭޖް ގެ މަސައްކަތް ދާ ގޮތާއި މެދު ޓްރޭޑް ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި
މިނިމަމްވޭޖް ކަނޑައެޅުމަށް މިނިމަމް ވޭޖްބޯޑުން ކުރަމުންދާ މަސައްކަތް ކުރިޔަށް ދަނީ މަސައްކަތްތެރިންނަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް ނޫންކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ) އިން ބުނެފިއެވެ.

މިކަމާއި ބެހޭގޮތުން ނެރުނު ނޫސް ބަޔާނުގައި އެޔޫނިއަނުން ފާހަގަ ކޮށްފައިވަނީ މިނިމަމްވޭޖަކީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ އިގްތިސާދީގޮތުންނާއި އިޖްތިމާއި ގޮތުން ބާރުވެރިކުރުވައި އަޅުވެތިކަމާއި ނިކަމެތިކަމުން ސަލާމަތް ކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާ ކުރާކަމެއްކަމަށެވެ.

ޓްރޭޑް ޔޫނިއަނުން އިތުރަށް ވިދާޅުވެފައިވަނީ މިކަމަށް ގޮތެއް ނިންމުން ލަސްވެގެންދާ ކޮންމެ ދުވަހަކީ މަސައްކަތްތެރިންނަށާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ ވަރަށް ބޮޑު ނިކަމެތި ކަމެއް ގެ އިތުރުން ވެވޭ ބޮޑު ނާއިންސާފެއް ކަމަށެވެ. 

އެޖަމާއަތުން އިތުރަށް ބުނެފައިވަނީ މިނިމަމްވޭޖް ކަނޑައަޅުމަށް އެކުލަވާލި ބޯޑުން ވަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން ގެ ފަންނީ އެހީއާއި އެކު އެ ބޭފުޅުން ގެ ސްޓޭންޑަޑްތަކާއި އެއްގޮތަށް ރާއްޖޭގައި މިނިމަމްވެޖް ދެވޭނެ އަދަދެއް ކަނޑައަޅާ ސަރުކާރަށް ހުށަހަޅާފައެވެ. 

ނަމަވެސް 2021 ވަނަ އަހަރު ވަނީ ވަޒީފާގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އަނެއްކާވެސް އިތުރު ބޯޑެއް ހަދައިގެން މިއަހަރުގެ ނިޔަލަށް މިނިމަމްވޭޖް ގެ މައްސަލައަށް ގޮތެއް ކަނޑައަޅަން ނިންމާފައިއެވެ. 

މި ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރާ 5 މެމްބަރުން ހިމެނޭ ސަރުކާރު ތަމްސީލްކުރާ 6 މެމްބަރުން ހިމެނެއެވެ. 

މީގެ އިތުރުން ޕްރައިވެޓް ސެކްޓާތަކާއި ރިސޯޓް ތަކުގެ މުވައްޒިފުންނަށް އެލަވަންސްތައްވެސް މިނިމަމްވޭޖްގައި ހިމަނައިގެން ކުރިޔަށްދާތީ އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

މި ބަޔާނުގައި އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ މިނިމަމްވޭޖަކީ މަސައްކަތް ކުރާ މީހާއަށާއި އާއިލާ އަށް ޒަރޫރީ ބޭނުން ފުދި އޭގެ ހެޔޮ އަސަރު މުޖްތަމައުއަށް ކުރާނެ ކަމަކަށް ހެދުމަށް ސަރުކާރަށް ވަނީ ގޮވާލާފައިއެވެ.  

މި ޖަމިއްޔާ ވަނީ މިނިމަމްވޭޖް އަވަސް ކޮށް ދިނުމަށް އެދި ސަރުކާރަށް ގޮވާލާ މިއަހަރުގެ ފެބްރުއަރީމަހު ބަޔާނެއްވެސް ނެރެފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް