ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
1000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އެޗްއެސްސީ އިމްތިހާނު ފަށައިފި
1000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ޖުމްލަ 1331 ދަރިވަރުން ބައިވެރިވާ ކަމަށާއި، މިއަދުން ފެށިގެން 17 ޖޫން ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އޭގެ ތެރޭގައި މާލޭ ސަރަހައްދުން ހަ ސެންޓަރަކުން 878 ދަރިވަރުންނާއި، އަތޮޅުތަކުން 33 ސެންޓަރަކުން 453 ދަރިވަރުން އިމްތިހާނުގައި ބައިވެރިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެސްއެސްސީ އިމްތިހާނު މިއަދު ފަށާފައިވާއިރު، އޭ އޭލެވެލް ޕޭޕަރުތަކެއް ލީކުވުމާ ގުޅިގެން އެޑިއުކޭޝަނުން ވަނީ މެއި ޖޫން ގެ އިމްތިހާނު އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް