ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް--
ޖޭޕީ އޮންނާނީ ރައީސް ސޯލިހާއެކު: އަލީ ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ މިހާތަނަށް އުފެދުނު ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ ލީޑަރު ކަމަށާއި ޖުމްހޫރީ ޕާޓީ އޮންނާނީ ރައީސް ސޯލިހާ އެކު ކަމަށް ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީ ދެ ފެކްޝަނަކަށް ބައިވެއްޖެ ނަމަ ޖޭޕީ ގެ ލީޑަރު ވަކި ކޮޅަކަށް އަރާފާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީ އޮންނާނީ ރައީސް ސޯލިހާ އެކު ކަމަށެވެ.

ޖޭޕީ އޮތީ ރައީސް ސޯލިހުގެ ޒައާމަތުގައިހެއްދެވި ކޯލިޝަންގައި ކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ ރައީސް ސޯލިހަކީ ގައުމުގައި މިހާތަނަށް ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ އަދި ހިކުމަތްތެރި ރައީސް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ކޯލިޝަންގަ. އަޅުގަނޑުމެން މިތިބީ ރައީސް ސޯލިހާ އެކުގަ." އަލީ ސޯލިހު

އަލީ ސޯލިހު ވިދާޅުވީ މިއަދު އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންތައްތަކަކީ ރާއްޖެ މިހާރު އޮތް ހާލަތައް ބަލާއިރު ގައުމަށާއި ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. ޑީއާރުޕީ ބައިބައިވީ ގޮތައް ސިޔާސީ ޕާޓީއެއް އަނެއްކާވެސް ފުނޑިގެންގޮސް ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭތަން ދެކެން ބޭނުންނުވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރުކޮށްލަން އެމްޑީޕީ މެންބަރުން ވޯޓުދިނީ ޖުމްހޫރީ ޕާޓިގެ މެންބަރެއްގެ ހުށަހެޅުމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)  ލޮބީކޮށްގެން ކަމަށް އަޑުތަކެއް ވަނީ ފެތުރިފައެވެ. އޭނާއަކީ ރައީސް ސޯލިހުގެ ޅިޔަނެކެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް