ads
އެމްޓީސީސީ (އއ. އުކުޅަސް)
އއ. އުކުޅަސް ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ
އއ. އުކުޅަސް ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. 

އެމްޓީސީސީ އިން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އއ. އުކުޅަހު ބަނދަރުގެ 19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ އިތުރުން 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. 

އަދި އޭގެ އިތުރުންވެސް 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، އަދި 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ. 

އެމްޓީސީސީ އިން އުކުޅަހުގައި ހިންގާ މި މަޝްރޫޢަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް