ads
ބޭންކް އޮފް މޯލްޑިވްސް އިން ލޭ ހަދިޔާ ކުރަނީ
ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިންމަހަކުން ލޭ ހަދިޔާކުރުމަށް ކޭމްޕް ބާއްވަނީ
ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިންމަހަކުން ލޭ ހަދިޔާކުރުމަށް ކޭމްޕް ބާއްވަން ނިންމައިފިއެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެލް ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ފަށައިފިއެވެ. 

ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން މިފަހަރު ލޭ ހަދިޔާ ކުރުމަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މިގޮތުން މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ

ހަދިޔާކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން

އެއް ފަހަރު މުވައްޒަފުންގެ ފަރާތުން މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް

މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިޔަށް ގެންގޮސްފައެވެ. 

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް

އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން

އިތުރުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް