ads
ބްރެޒިލް މެޗުގެ ތެރެއިން
ކޮޕާ އެމެރިކާ: ބްރެޒިލް ފެށީ ސަޅި މޮޅަކުން
ޑިފެންޑިންގ ޗެމްޕިއަން ބްރެޒިލުން، މޮޅަކާ އެކު ކޮޕާ އެމެރިކާ މުބާރާތް ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ބްރެޒިލް މޮޅުވީ ވެނެޒުއޭލާ އަތުންނެވެ.

ބްރެޒިލްއާ ވެނެޒުއާލާގެ މެޗުން ބްރެޒިލް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. ބްރެޒިލްގެ ލަނޑުތައް ޖަހައިދިނީ، މާކުއީނިއޯސް، ނޭމާ އަދި ގަބްރިއެލް ބާބޯސާއެވެ. މީގެ ތެރެއިން ނޭމާގެ ލަނޑަކީ ޕެނަލްޓީއެކެވެ. ތިން ލަނޑު ސުން ލަނޑުން ވެނެޒުއެލާގެ މައްޗަށް ބްރެޒިލް ކުރި ހޯދިއިރު، ވެނެޒުއެލާއަށް ރޭގެ މެޗުގައިވަނީ ކޮވިޑުގެ ސަބަބުން މައްސަލަތަކެއް ދިމާވެފައެވެ. ވެނެޒުއެލާ ޓީމުގެ އަށް ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ ބާރަ މެންބަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މުބާރާތް ކުރިއަށްދަނީ ބްރެޒިލްގައެވެ. ބްރެޒިލްއަކީ ފުރަތަމަ މި މުބާރާތް މި ފަހަރު ބާއްވަން ނިންމި ގައުމުތަކުގެ ތެރެއިން ގައުމެއް ނޫނެވެ. އެހެންނަމަވެސް ކޮވިޑާ ހެދި އާޖެންޓީނާ އަދި ކޮލަމްބިއާގައި މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތް ނުވީއެވެ. ކުރިން އޮތީ އެ ދެ ގައުމުގައި މުބާރާތް ކުރިއަށް ގެންދާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް