ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
މިއަދު މަރުވި މީހާ މަރުވީ ކޮވިޑު ޖެހިގެން ނޫން ކަމަށް ނިންމައިފި
މިއަދު މެންދުރު ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) 11ގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މަރުވި މީހާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

އެޗްޕީއޭއިން ވަނީ އޭނާގެ މަރު ކޮވިޑްގެ މަރެއް ކަމަށް މެންދުރު އިއުލާނު ވެސް ކޮށްފައެވެ.

ނަމަވެސް ފަހުން އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ އިތުރަށް ބަލައި ކުރި ތަހުލީލުތަކުން، އޭނާ މަރުވީ ކޮވިޑް-19ގެ ސަބަބުން ނޫން ކަން ހާމަވެފައިވާ ވާތީ އެމީހާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު ހެނދުނު 11:19 ހާއިރު މަރުވެފައިވަނީ އުމުރުން 55 ވަަނަ އަހަރުގެ ދިވެހި އަންހެނެކެވެ.

މި މީހާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައެޅުމާއެކު، ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 197 އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް