ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޓާކިސް އެއާލައިންސް.
ޓާކިޝް އެއާލައިންސް އިން ޓިކެޓް އަގުހެޔޮކޮށްފި
ޓާކިޝް އެއާލައިންސް އިން ތުރުކީ އަށް ދެކޮޅު ޓިކެޓް 572 އަށް ވިއްކަން ފަށައިފިއެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން، އިއްޔެ ފެށި މި ޕްރޮމޯޝަން މި އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހާއި ހަަމައަށް ކުރިޔަށް ދާނެކަމަށް ޓާކިޝް އެއާލައިންސް ގެ މާލޭ ޑިވިޝަން ގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް މުހައްމަދު ހައްސާން ވިދާޅުވިއެވެ. 

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕްރޮމޯޝަން ގެ ކުރިން ތުރުކީ ގެ ދެކޮޅު ޓިކެޓުގެ ގޮތުގައި ބޮޑު މީހަކަށް 1020 ޑޮލަރު ދައްކަން ޖެހޭ އިރު ކުޑަ ކުއްޖަކަށް ދައްކަން ޖެހޭނީ 800 ޑޮލަރެވެ. ނަމަވެސް މި ޕްރޮމޯޝަންގެ ދަށުން ބޮޑު މީހަކަށް ވިޔަސް ކުޑަ ކުއްޖަކަށްވިޔަސް ދައްކަން ޖެހޭނީ 572 ޑޮލަރެވެ. ނަމަވެސް 2 އަހަރުން ދަށުގެ ކުއްޖަކަށް ދެކޮޅު ޓިކެޓަށް ދައްކަންޖެހޭނީ 35 ޑޮލަރެވެ.

ހައްސާން އިތުރަށް ވިދާޅުވީ ތުރުކީ އިން ދިވެހިންނަށް އޮން އެރައިވަލް ވިސާގެ ގޮތުގައި 3 މަހުގެ ވިސާ ދޭނެ ކަމަށާއި މި ވިސާ ހޯދެއްވުމަށް evisa.gov.tr ވެބް ސައިޓަށް ވަދެލުމަށް ފަހު މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު 20 ޑޮލަރު ގެ ވިސާ ފީދައްކާލުމުން ވަގުތުން ވިސާ ހަމަޖެހޭނެ ކަމަށެވެ. 

މި ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްތަކަށް 30 ސެޕްޓެމްބަރުގެ ކުރިން ދަތުރު ކުރަންޖެހޭނެކަމަށާއި މި ޓިކެޓް ގެ މުއްދަތަކީ 6 މަސް ކަމަށް ހައްސާން އިތުރަށް ވިދާޅުވިއެވެ. 

31%
ކަމުގޮސްފި
69%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް