ads
ތިނަދޫ ހޮސްޕިޓަލް
ތިނަދޫއިން ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މަރުވެއްޖެއެވެ.

ތިނަދޫ ޑރ. އަބްދުލް ސަަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ސީއެންއެމްއަށް ވިދާޅުވީ މިއަދު ފަތިހު 5:00 ހާއިރު އެ ރަށު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 79 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން އެރަށުން މަރުވި ދެވަނަ މީހާއެވެ. 

ސައީދު ވިދާޅުވީ މަރުވީ ގއ. ދާންދޫއަށް ނިސްބަތްވާ، ދިވެހި ފިރިހެނެއް ކަމަށެވެ. 

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް