ads
ޓައިގާ ޝްރޮފް--
ކޮމެޑީ ފިލްމު ކުޅުމުގެ ގާބިލުކަމެއް ނެތް: ޓައިގާ
ޓައިގާ ޝްރޮފްގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ހިޓަކަށްވެފައި މިވަނީ ސިދާތު އަނަންދު ޑައިރެކްޓްކޮށް ނެރުނު ފިލްމު، "ވޯ" އެވެ. ރިތިކް ރޯޝަން އާއި ޓައިގެ ފެނިގެންދާ އެފިލްމު މިހާރު މިވަނީ 200 ކްރޯޑު ކްލަބަށް ވަދެފަ އެވެ.

އާންމުކޮށް ޓައިގާ ފެނިގެންދަނީ ވަރަށް އެކްޝަން ރޯލު ތަކުންނެވެ. އެގޮތުން އޭނާ މިހާތަނަށް ފެނިގެންދިޔަ ސްޓޫޑަންޓް އޮފް ދަ އިޔާ އާއި ބާގީ ފަދަ ފިލްމުތަކުން ވެސް ފެނުނީ އެހެނެވެ.

އުމުރުން 29 އަހަރުގެ ޓައިގާ ބުނީ ކޮމެޑީ ފިލްމުތައް ކުޅުމުގެ ގާބިލުކަން އޭނާގެ ނެތް ކަމަށާއި ހާއްސަކޮށް ވަރުން ދާވަން އާއި ރަންވީރު ސިންގް ފަދައިން އޭނާއަށް ކޮމެޑީ ރޯލުތައް ކުޅެން ނޭނގޭނެ ކަމަށެވެ.

އެގޮތުން މިހާރު އޭނާ ކުޅެމުން އަންނަ ރޯލުތަކަކީ އޭނާއަށް އެންމެ އެކަށީގެންވާ ރޯލުތައް ކަމަށާއި އޭނާގެ އެކްޝަން ހުނަރުތައް ދައްކާލެވޭނީ ވެސް އެފަދަ ރޯލުތަކުގައި ކަމަށް ޓައިގާ ބުންޏެވެ.

ޓައިގާ ބޮލީވުޑަށް ތައާރަފުވީ 2014 ވަނަ އަހަރު ނެރުނު ފިލްމު، "ހީރޯޕަންތީ" އިން ކްރިތީ ސަނޯންއާއެކު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް