ads
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަ ކުރުމުގެ ތެރެއިން--
ނަފުރަތުގެ ބިލާބެހޭގޮތުން އަދި ގޮތެއް ނުނިންމާ: އެމްއާރްއެމް
ހިޔާލު ތަފާތުވުންތައް ގިނަވެފައިވާ ނަފްރަތުގެ ބިލާ ބެހޭގޮތުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އަދި އެއްވެސް ވަރަކަށް މަޝްވަރާކޮށް، އެބިލާ މެދު ގޮތެއް ނުނިންމާކަމަށް ޕާޓީން ހާމަކޮށްފިއެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލާ އެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވަނީ ބިލާ ދެކޮޅަށް ބަޔާން ނެރެފައެވެ.

އެހެންނަމަވެސް އެ ބިލާ ބެހޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނަފްރަތުގެ ބިލާ ބެހޭގޮތުން އެމްއާރުއެމްގެ ގެ ހިޔާލަކީ ކޮބައިތޯ ސީއެންއެމް އިން ސުވާލު ކުރުމުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމު ވިދާޅުވީ އެ ބިލާ ބެހޭގޮތުން އެމްއާރުއެމްއިން އަދި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާ ކަމަށާއި އެހެންކަމުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ނަފްރަތުގެ ބިލާމެދު އެމްއާރުއެމް އިން ދެކޭގޮތް ނިންމާނީ ޕާޓީގެ އެކްސްކޯއިން ކަމަށް އަލީމް ވިދާޅުވިއެވެ. 

"އެމްއާރުއެމް އިން ތިކަމާ ބެހޭގޮތުން އަދި ޑިސްކަސްއެއް ނުކުރޭ. އެމްއާރުއެމްގެ ސްޓޭންޑް އެނގޭނީ އެކްސްކޯއިން ނިންމާނީ އެކަންތައް. ބިލާ ބެހޭގޮތުން އަދި އެކަމަކަށް މަޝްވަރާކުރާކަން އަޅުގަނޑުމެންގެ އެކްސްކޯއެއް ނުބާއްވާ. ބިލާ ދޭތެރޭގަ ގޮތެއް ނިންމާނެކަންވެސް އެނގޭނީ މަޝްވަރާތަކަށްފަހު." އަލީމު

ނަފްރަތުގެ ބިލު މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުން ގެންދަވާއިރު، ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ. 

މި ބިލަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި އަދާލަތު ޕާޓީންވެސް ދެކޮޅު ހަދާފައި ވާއިރު، ގިނަ ދީނީ އިލްމުވެރިންނެއްވެސް ވަނީ ބިލަށް ފާޑުވިދާޅުވެފައެވެ. އަދި އެ ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް