ads
ޝިރާނީ
ޝިރާނީވެސް ކުޑައިރު ވަރަށް ލާނެއް
އައިޝަތު ޝިރާނީ އަކީ ކުރީގެ ދިވެހި ފިލްމުތަކާ ލަވަތަކުން ގިނަ ދިވެހިންނެއްގެ ހިތްތައް ފަތަހަ ކުރުމާއެކު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

ޝިރާނީ ވަނީ އޭނާގެ މިޒާޖާއި ކުޑަ އިރުގެ ބައެއް ހަނދާންތަށް ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ. 

އޭނާގެ މިޒާޖާ ގުޅޭގޮތުން ޝިރާނީ ބުނީ އޭނާއަކީ ވަރަށް "ފްރެންޑްލީ" މީހެއް ކަމަށާއި ކޮންމެ މީހަކު ފެނުނަސް ވަރަށް ވާހަކަ ދައްކައި މަޖާކޮށް ހަދާ މީހެއް ކަމަށެވެ. އޭނާއަކީ ވަރަށް އަނގަވެސް ގަދަ މީހެއް ކަމަށް ޝިރާނީ ބުންޏެވެ. އަދި ރުޅި އަރުވާލަންވެސް އެހާ ފަސޭހަ ނުވާނެ ކަމަށް ބުންޏެވެ.

ގިނަ ކުދިންނެކޭ އެއްފަދައިން ޝިރާނީއަކީ ވެސް ކުޑައިރު ވަރަށް ލާނެއް ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ ކުޑައިރު ކުރި ބައެއް ލާނެއް ކަންކަން ހިއްސާކޮށްފައެވެ.

"ކުޑައިރު ދެން ވަރަށް ލާނެއްކޮށް އަސްލު އަޅުގަނޑު ހަަމަ އުޅުނީ ތެދަށް ބުނަންޏާ. ހަމަ ސުކޫލުގައި ކުދިން ބިރުގެންނެވުމާއި، ދެން އަމީނިއްޔާގައި ބާ އިމާރާތޭ އެ ބުނާ ތަނުގައި ހަމަ ކުދިން ބިރުގެންނަވަން. ހަޅޭއްލަވައިގެންފަ ވެސް ދެނެހުރިކަމަށް ނުހަދާ ހުންނަނީ. ވަރަށް ބާރަށް ހަޅޭއްލަވައިގެންފަ ވެސް ހަމަ ނޭންގޭ ކަމަށް ހަދާފައި އެބަ އާދެއޭ ކިޔާފައި ދުއްވައިވެސް ގަންނަން. އެކަހަލަ ކަންތައްވެސް ކުރަން އޭރުގައި." ޝިރާނީ

ޝިރާނީ އިތުރަށް ބުނީ އޭނާ އެންމެ ފުރަތަމަ ފިލްމު ކުޅޭ ވިސްނުން ނެތް ކަމަށާއި، އޭރު ޝައުގު ހުންނަނީ ނެށުމަށާއި ލަވަކިޔުމަށް ކަަމަށެވެ.

ޝިރާނީ ފިލްމު ކުޅުން ހުއްޓާލުންވީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހިތާމަވެރި ހަބަރަކަށެވެ.

69%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް