ads
ޝިލްޕާޝެޓީ
ރާޖް ކުންޑްރާ އަކީ މި އާއިލާގެ ދުނިޔެ : ޝިލްޕާ ޝެއްޓީ
ރާޖް ކުންޑްރާ އަކީ އެ އާއިލާގެ ދުނިޔެ ކަމަށް ޝިލްޕާ ޝެޓީ ކުންޑްރާ ބުނެފިއެވެ.

ޝިލްޕާ މިހެން ބުނެފައި ވަނީ އިއްޔެ ބައްޕައިންގެ ދުވަހާ ގުޅުވާ ކުރި އިންސްޓާގްރާމް ޕޯސްޓެއްގައެވެ. އޭނާ ސޯޝަލް މީޑިއާ ގައި ޝެއާކުރި މި ފޮޓޯއިން ފެނިގެން ދަނީ ސުއިމިން ޕޫލެއްގައި ރާޖް އާއި އޭނާގެ ދެދަރިންނެވެ. އެއީ ވިވާން ރާޖް އާއި ސަމިޝާއެވެ.

އަދި އެކުދިންގެ ލާމަސީލު ބައްޕަޔަކަށް ވެފައިވާތީ ޝިލްޕާ ވަނީ ރާޖް އަށް ޝުކުރު ދަންނަވާފައެވެ.

ޝިލްޕާ އަދި ރާޖްއަކީ ވެސް ވަރަށް މަޝްހޫރު ބޮލީވުޑްގައި ނަންވިދާލާފައިވާ ކުޅަދާނަ ދެތަރިންނެވެ. ޝިލްޕާ އަކީ ނެށުމަށް ވަރަށް މޮޅު ފަންނާނެކެވެ. މިހާރުވެސް އޭނާ ގެންދަނީ ސޮނީ ޓީވީ އިން ގެނެސްދޭ ސުޕާ ޑާންސާ ގެ ޖަޖުކަން ކުރަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް