ads
ވެލާނާ ބިލްޑިންގް
ސެޓްލައިޓް ސްކޫލް ގާއިމްކުރުމަށް އިކުއިޕްމަންޓް ހޯދަން ބީލަމަށް
ސެޓެލިޓް ސްކޫލް ގާއިމް ކުރުމަށް ބޭނުންވާ މެޝެނަރީއާއި އިކުއިޕްމެންޓްސް ހޯދަން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިއްޔެ މިހުޅުވާލި ފުރުސަތުގައި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

މި ސެޓެލައިޓް ސްކޫލް ގާއިމް ކުރުމަށްޓަކައި މެޝެނަރީ އާއި އިކުއިޕްމެންޓް ވިއްކާނެފަރާތެއް ވަނީ އެމިނިސްޓްރީއިން ހޯދަން ފަށާފައެވެ. އޭގެތެރޭގައި 3 ކޮމްޕިއުޓާ ސިސްޓަމް، 6 ޓީވީ، 3 ސްކޭނާ، 3 ލެޕްޓޮޕް، 3 ޕްރިންޓާ، 6 ޑޮންގުލްސް، 3 ސާވާ އަދި 3 ފޮޓޯކޮޕީ މެޝިން ހިމެނެއެެވެ.

މިޕްރޮޖެކްޓަށް ޝައުގުވެރިކަން ހުރިނަމަ ޕްރޯޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 2021 ޖޫން 20 ން 2021 ޖޫން 26 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

މިޕްރޮޖެއްޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތުގެ ވަނީ އޮންލިންކޮށް ހުޅުވާލެވިފައެވެ. ބިޑް ރަޖިސްޓްރީ ފޯމުވެސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގް ރޫމް 3 ގައެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް