ads
މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން
13 އަހަރުގެ ކުއްޖާ މަރާލައިގެން ހައްޔަރު ކުރި މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް
ރަހީނުކޮށް، މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 27 އަހަރުގެ މީހާގެ ކުށުގެ ރެކޯޑު އޮންނަ ކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 

ޒިހާންއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށާއި އަދި މިފަދަ މައްސަލައެއްގައި މިފަހުން އޭނާ ޖަލުގައި ހުކުމެއް ތަންފީޒުކޮށްފައިވާކަމަށް ވެ އެވެ.

އިތުބާރު ހުރި މަސްދަރަކުން ސީއެންއެމްއަށް ބުނީ ޒިހާން ހައްޔަރުކޮށްފައިވަނީ ގެސްޓު ހައުސްއެއްގެ ތެރެއިން ކަމަށާއި އެ ގެސްޓު ހައުސްއަކީ ކުޑަ ކުއްޖާ ރަހީނުކޮށްގެން ގެންގުޅުނު ގެސްޓު ހައުސްކަމަށެވެ. 

ކުޑަކުއްޖާ މަރާލުމަށް ފަހު، ލަގެޖު ފޮށްޓަކަށް ލައިގެން ހުޅުމާލެ ފޭސް 2 ސަރަހައްދަށް އިއްޔެ މެންދުރު ގޮސް އުޅުނު ކަމަށާއި އަދި ފުލުހުންނަށް އެމީހުން ފެނުމުން ފޮށި މޫދަށް ގަންބާލުމަށް ފަހު މޫދުން އެރީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ކާފިއު ގަޑީގައި ގަވައިދާ ހިލާފަށް އުޅުމުގެ ސަބަބުން އެމީހުން އިއްޔެ ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފޭސް ޓޫ މޫދު ސަރަހައްދުން ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. 

މިވަގުތު އެކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ. އެކުއްޖާ ފެނުނުއިރު ހަށިގަނޑަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި މޫދުގައި ގިނައިރު އޮތުމުން ސިފަ ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން އަންނަނީ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް