ads
ބިޓް ކޮއިސް
ބިޓްކޮއިންގެ އަގު އަނެއްކާވެސް މައްޗަށް
ބިޓްކޮއިންގެ އަގު އަނެއްކާވެސް މަތިވާން ފަށައިފިއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ފާއިތުވެދިޔަ މަހު ބިޓް ކޮއިން ގެ އަގު ވަނީ ވެއްޓެން ފަށާފަ އެވެ. މި މަސް ތެރޭގައި ބިޓް ކޮއިން ގެ އަގު މުޅިން ވެސް އުޅުނީ 30،000 ޑޮލަރުން ދަށުގައިއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބިޓް ކޮއިންގެ އަގު ގެއްލުނީ ކަމަށް ނިންމަން ފަށާފައެވެ.  

ނަމަވެސް ކުއްލިއަކަށް މިއަދު މިވަނީ ބިޓް ކޮއިން ގެ އަގު އަނެއްކާ ވެސް 33،000 ޑޮލަރަށްވުރެން މަތިވެފައެވެ.

ނުވައެއް ޖެނުއަރީގައި ރިލީޒް ކުރެވުން ބިޓް ކޮއިން އަކީ މިހާރު ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ކްރިޕްޓޯ ކަރަންސީއެވެ. 

ސަޓޯސީ ނަކަމޯޓޯ ނަމަކަށް ކިޔާ މީހަކު އުފައްދާފައިވާ ބިޓް ކޮއިން އިން ކުރެވުން ފުރަތަމަ އާންމު މުއާމަލާތެއްކަމަށް ކަމަށް ބެލެވެނީ 2010 ލެޒްލޯ ހަޔޭޒް ނަމަކަށް ކިޔާ ޕްރޮގުރާމާއެއް  ޕާޕާ ޖޯންސްއިން2 ޕިއްޒާ ގަންނަން ހޭދަކޮށްފައިވާ 10،000 ބިޓް ކޮއިސްއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް