ޓެކް އެޑްވައިޒާ އިން ބުނާގޮތުގައި ވާވޭގެ ފަހުގެ ފޯނުތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ އެ ތާރީހުގައި ވާވޭގެ ތިން ފޯން ސީރީސްއެއް ނެރޭނެ އެވެ.
އެއީ ވާވޭގެ ޕީ50، ޕީ50 ޕްރޯ އަދި ޕީ50 ޕްރޯ ޕްލަސް އެވެ.
މި ފޯނުގެ ހާއްސަ އެއްކަމަކީ މި ފޯނުގައި ހިމެނޭ އަލްޓްރާ ވައިޑް އެންގަލް ކެމެރާއެވެ. މި ކެމެރާ ވެގެންދާނީ މިހާތަނަށް ނެރެފައިވާ ފޯނެއްގައި ހުންނާނެ އެންމެ ބޮޑު ކެމެރާ ސެންސާއަށެވެ.
ވާވޭ އިން ނެރޭ ޕީ50 ގައި ހުންނާނީ ކާވް އޮލެޑް ޑިސްޕްލޭ އެކެވެ. އަދި ޕީ50 ޕްރޯ އާއި ޕީ50 ޕްރޯ ޕްލަސް ގައި ހުންނާނީ 'ވޯޓާފޯލް' ކާވް ސައިޑްސް ޑިސްޕްލޭ އެކެވެ.